ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ކެނޑިޑޭޓަކާއި ރަނިންމޭޓަކު ނެރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޭޕީގެ ރަނިންމޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ކުރިމަތިލައިފި އެވެ.
ކުރިމަތިލެއްވިކަން ހާމަކުރައްވައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް ގެ ރަނިންމޭޓެއް ހޮވުމަށްޓަކައި ޖޭޕީގެ ކައުންސިލް މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ނަން މިއަދު ހުށަހަޅާފައިވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2018ގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން" އަލީ ހުސެއިންގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
ރަނިންމޭޓް ކަމަށް ޖޭޕީން ފައިސަލް ނަސީމާއި އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވަނީ ފޯމު ހުށަހަޅުއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް