މިއަހަރު ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ތާރީހު ފަސްކޮށްފި އެވެ.
މި ތާރީހު ފަސްކުރިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ކުރިން ނިންމާފައި އޮތް ތާރީހަކީ މި މަހުގެ 15 އެވެ. މިހާރު ފަސްކޮށްފައިވަނީ މި މަހުގެ 23 އަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ ތާރީޚަކީ މި މަހުގެ 23 ކަމަށް ހަމަޖެއްސީ، ދައުރު ނިމޭ ތާރީޚަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށް ބަލައި، އެ ދުވަހުން ފެށިގެން 120 ދުވަސް ލިބޭނީ މިމަހުގެ 23 ވަނަ ދުވަހު ރިއާސީ އިންތިހާބު އިއުލާން ކުރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް