ހައި އެޗީވާސް ސްކޮލާޝިޕް މިއަހަރު 36 ދަރިވަރަކަށް!

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދައިގެން މިއަހަރު 36 ދަރިވަރަކު ހައި އެޗީވާސް ސްކޮލަޝިޕް ހޯދައިފި އެވެ. ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރޭ އެކަމަށްޓަކައި ބޭއްވި ރަ...

12 Jul 2018 | 03:43

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދައިގެން މިއަހަރު 36 ދަރިވަރަކު ހައި އެޗީވާސް ސްކޮލަޝިޕް ހޯދައިފި އެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 41 ދަރިވަރަކު ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވެ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޮލަޝިޕަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 36 ދަރިވަރެކެވެ.

މި ސްކޮލަޝިޕުން ކިޔެވޭނީ 12 ގައުމަކުންނެވެ. އެއީ ސާކްގެ އަށް ގައުމާއި މެލޭޝިއާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ.

ދަރިވަރު ބޭނުންވެއްޖެ ނަމަ އެހެން ގައުމަކުންވެސް ކިޔެވުމުގެ ފުރުސަތު ހަމަޖައްސައިދެވެ އެވެ. އެކަމަކު އެއީ ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް