އައްޑޫ ސިޓީ ލިންކްރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ރުކެއްގައި ޖެހި ކާރު ފުރޮޅާލައިފި އެވެ.
އައްޑޫލައިވްގައި ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އާރްއޭފް ސަރަހައްދު "ރުށް ފަށާއި" ހިސާބުގަ އެވެ. މި ހިނގި އެކްސިޑެންޓްގައި ކާރު ރުކުގައި ޖެހި ރުއް ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި އަދި ކާރު ރުކުގައި ޖެހި ވިއްސައިގެން ގޮސް ކުރިމަތިން ދުއްވާފައި ދިޔަ އެމްއާރްޑީސީގެ ޕިކަޕެއްގައި ޖެހިވަނީ ކާރު ފުރޮޅާލާފައި ކަމުގައި އެ ނޫހުގައި ބުނެފައި ވެ އެވެ.
މި އެކްސިޑެންޓްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެ އެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް