ލ ގަމު ތުނޑީ އަވަށު ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ގެއްލުންތައް ވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ގެއެއްގައި ކަމަށެވެ. އަދި އެ ގޭގައި ގުދަން ކޮށްފައިހުރި ގޮދަޑި ތަކަކާއި ބެންކޮކުން ގެނެސްފައިހުރި މުދާތަކެއް އަނދާ ފައިވާ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލ ކައްދޫގައި ގާއިމްވެތިބޭ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އަށް ލިބިފައިވަނީ ހަވީރު 6:30 ހާއިރު ކަމަށާއި އަލިފާން ރޯވެފައިވަނީ ފަޅު ގެއެއްގެ ސީލިންގުގައި ކަމަށެވެ. އެފްއާރުއެސްއިން ދިޔައިރު ހުރީ ދުމުގެ އަސަރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މި ހާދިސާގައި އިމާރާތުގެ ސީލިންގަށް އަސަރުކޮށްފައިވާކުގައިވެސް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް