ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ނަން އުނިކޮށްދިނުމަށް އެދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ތަކުރާރުކޮށް ސިޓީ ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް އެމްޕީ މުސްތަފާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދަފްތަރުން ނަން އުނިކޮށްދިނުމަށް އެދުނީ ސިޔާސީ ޕާޓީއަކުން މެމްބަރު ކެނޑުމަށް ބޭނުންވާ ހުރިހާ ގަވާއިދުތަކާއި އިޖުރާތްތައް ފުރިހަމަ ކޮށްފައި ކަމަށެވެ.
"ޕީޕީއެމްގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށް، މިހިނދުން މިހިނދަށް ޕާޓީން ކަނޑައިދިނުން އެދެން، އަޅުގަނޑުގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހަޅާފައިވާކަމަށް ތިޔަ ވިދާޅުވަނީ، އަޅުގަނޑު ކެނޑެން ސިޓީ ލާފައިވަނިކޮށް ކަމުގައިވެސް އެނގެ އެވެ" މުސްތޮފާގެ ސިޓީގައި ލިޔެފައި ވެ އެވެ.
އެ ސިޓީގައި މުސްތޮފާ އިތުރަށް ވިދާޅުވެފައިވަނީ ޕާޓީން އަޅަންޖެހޭ ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޕާޓީގެ އަމިއްލަ ކަމެއްކަމުގައި ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް