ޕީޕީއެމްއިން މުސްތަފާ ވަކިކޮށްދެވެން ނެތް ކަމަށް ބުނެފި

ޕީޕީއެމްގެ މެންބަރު ކަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މިވަގުތު ވަކިކޮށްދެވެން ނެތް ކަމަށް އެ ޕާޓީން އަންގައިފި އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއި ...

12 Jul 2017 | 07:48

ޕީޕީއެމްގެ މެންބަރު ކަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މިވަގުތު ވަކިކޮށްދެވެން ނެތް ކަމަށް އެ ޕާޓީން އަންގައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއި ކުރައްވާ މުސްތަފާއަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މުސްތަފާ އާއި ގުޅޭގޮތުން މިމަހުގެ ތިން ވަނަ ދުވަހު ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި ޕާޓީން ވަކިކޮށްދިނުމަށް އެދި މުސްތަފާ ފޮނުއްވި ސިޓީގެ ޖަވާބު އެ މައްސަލަ ބަލާ ނިމުމުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

މި ސިޓީއާއި ގުޅިގެން މުސްތަފާ ވިދާޅުވީ ޕާޓިން ކެނޑެން އަމިއްލައަށް އެދުމުން ދެން ބަލާނެ ސުލޫކީ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ކެނޑެން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެ ކިޔުމެއް ހުށަހަޅާފައިވާ ކަމަށާއި ޕާޓީއެއްގައި ހުންނަން ބޭނުން ނުވުމުން ކެނޑުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ.

މުސްތަފާ މިއަދު ވަނީ ސިޔާސީ ޕާޓިއެއްގެ ދަފްތަރުގައި އޭނާގެ ނަން އޮތް ނަމަ އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި އެވެ.

މުސްތަފާ ޕީޕީއެމްއިން ވަކިވާން ސިޓީ ފޮނުއްވީ މިދިޔަ ހޯމަ ދުވަހު އެވެ. ހަމަ އެދުވަހު ޕީޕީއެމްގެ އިތުރު ހަތް  މެންބަރަކު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އެވެ. ކުއްލިއަކަށް ގިނަ މެންބަރުންތަކެއް ޕީޕީއެމްއިން ވަކިވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓިގެ ފިކުރާ ދެކޮޅަށް އަމަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައި ދިނުމަށް ބަންޑާނަ ނައިބު އަހުމަދު އަނިލް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް