މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޖަހައިގެން ގެނައި ދެރުފިޔާގެ އައު ދަގަނޑު ފައިސާ ފޮތި ތައާރަފް ކޮށްފި އެވެ.
އައު ފައިސާ ފޮތި ތައާރަފް ކޮށްފައިވަނީ އެމްއެމްއޭގައި މިއަދު ބޭއްވި ހަފްލާއެއްގަ އެވެ. ތައާރަފް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަލަށް ތައާރަފްކުރި ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައިވަނި ނިކަލް ބްރާސްގެ މައުދަނެވެ. އެތެރޭގައި ބޭނުންކޮށްފައިވަނީ ޕްލޭޓެޑް ސްޓީލެވެ. ބަރުދަނުގައި 6.20 ގްރާމް ހުންނަ އިރު ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުރެ އެވެ. އަދި އެ ފައިސާ ފޮތީގެ ކައިރިފަށް ފަރުމާކޮށްފައި ހުރީ އޮމާންކޮށެވެ.
https://twitter.com/MMA_Maldives/status/884983638210818048
އަލަށް ތައާރަފް ކުރި ދެރުފިޔާގެ ފައިސާ ފޮތީގެ މުއަމާލަތް ވެސް ވަނީ އެ ހަފްލާގައި ރަސްމީކޮށްކޮށް ފަށާފައިވާއިރު މިއަދުން ފެށިގެން ވިޔަފާރީގެ އެކިއެކި މުއާމަލާތުގައި އެ ފައިސާ ފޮތި ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް