އެޑިޑާސްއިން ޕިއްޒާ ބޫޓު އުފައްދައިފި

އެކިކަހަލަ އަންނައުނާ ބޫޓު އުފައްދާ ޖަރުމަނުވިލާތުގެ ކުންފުނި އެޑިޑާސްއިން ޕެޕަރޯނީ ޕިއްޒާ ބޫޓު އުފައްދައިފި އެވެ. އެ ބޫޓު އުފައްދާފައިވަނީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ނިއު ޖާޒީއަށް ދޭ ޓްރިބިއުޓެއްގެ ...

12 Jul 2017 | 04:57

އެކިކަހަލަ އަންނައުނާ ބޫޓު އުފައްދާ ޖަރުމަނުވިލާތުގެ ކުންފުނި އެޑިޑާސްއިން ޕެޕަރޯނީ ޕިއްޒާ ބޫޓު އުފައްދައިފި އެވެ.

އެ ބޫޓު އުފައްދާފައިވަނީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ނިއު ޖާޒީއަށް ދޭ ޓްރިބިއުޓެއްގެ ގޮތުންނެވެ.

އެ ބޫޓުތައް ވިއްކަނީ އެޑިޑާސްއާއި އަންހެނުނަށް ހިތްވަރުދޭ ލައިފްސްޓައިލް ޑެސްޓިނޭޝަން ރެފިނަޒީ29 އާއި ގުޅިގެންނެވެ. އެމެރިކާގެ 50 ސްޓޭޓް ތަމްސީލުކޮށްދޭ ނުވަތަ އެ 50 ސްޓޭޓަށްދޭ ޓްރިބިއުޓެއްގޮތައް ތައްޔާރުކުރި އެ ބޫޓުތައް ހެދީވެސް 11 އަންހެން ޑިޒައިނަރުންނެވެ.

އެ ބޫޓު ވިއްކައިގެން ލިބޭ ލާރި ހަދިޔާ ކުރާނީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ވިމެންސް ވިން އޯގަނައިޒޭޝަންއަށެވެ.  އޭގެން ބޫޓެއްގެ އަގަކީ 528 ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް