އައްޑޫގައި ދެ ކާރެއްގައި ރޯކޮށްލައިފި

އައްޑޫ ސިޓީ، ސ.ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރު،...

12 Jul 2017 | 04:56

އައްޑޫ ސިޓީ، ސ.ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރު، 03:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މިހާދިސާ ތަޙުޤީޤު ކުރަމުން ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް