މީރާ އާއި ޝާހިދު އުޅެނީ ކަރީނާ އާއި ޖައްސާލައިގެންތަ؟

ބޮލީވުޑްގައި ތަރިންގެ ދަރިން ތެރެއިން މިހާރު އެންމެ މަޝްހޫރީ މީގެ މަހެއްހާ ދުވަސް ކުރިޔާއި ޖެހެންދެން ފޮރުވައިގެން ގެންގުޅުނު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ހާން އެވެ. މި...

12 Jul 2017 | 03:00

ބޮލީވުޑްގައި ތަރިންގެ ދަރިން ތެރެއިން މިހާރު އެންމެ މަޝްހޫރީ މީގެ މަހެއްހާ ދުވަސް ކުރިޔާއި ޖެހެންދެން ފޮރުވައިގެން ގެންގުޅުނު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ހާން އެވެ.

މިފަހަކަށް އައިސް ކަރީނާ ފާހަގަވެގެން ގޮސްފައިވަނީ ތައިމޫރު މީޑިއާއަށް ދައްކައި ފޮޓޯ ނަގުވަން އުޅޭ މީހެއްގެ ގޮތުގައި އެވެ. އެކަމަކު ބައެއް ބޮލީވުޑް ތަރިންނާއި ފާޑު ކިޔާމީހުންނަށް ފޯޓޯތަކުން ފާހަގަވީ ތައިމޫރަށް ވުރެ ބޮޑަށް ތައިމޫރު އަބަދު އުރައިގެން ހުންނަ މީހާއެވެ.

ދެން ދައްކަނީ ކަރީނާ ތައިމޫރާއި އެކު ވަގުތު ހޭދަ ނުކުރާ ވާހަކައާއި ތައިމޫރު ބެލުމުގެ ޒިންމާ އަބަދު ގެންގުޅޭ މީހާ އުފުލަމުންދާ ވާހަކަ އެވެ. އެންމެ ބޮޑަށް ނުސީދާކޮށް ފާޅުގއި އެބަސް ކަރީނާއަށް ރައްދު ކުރި މީހަކަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް ވާނެ އެވެ.

މީރާ ބުނެފައިވަނީ ދަރިން ހޯދަނީ އެހެން މީހުން ލައްވާ ބަލުވަން ނޫންކަމަށާއި އަމިއްލައަށް ބަލަން ކަމަށެވެ. މިކަމާ ކަރީނާ ވަރަށް ރުޅިގަދަވެގެން އެ ދުވަސްވަރު އުޅުނެވެ. އަދި ތައިމޫރު ގޮވައިގެން ބޭރުން ފެންނަލެއް ގިނަވާން ފެށި އެވެ. އެކަމަކު މަދުފަހަރަކު ނޫނީ ފެންނަނީ ގެންގުޅޭ މީހާ ތައިމޫރު އުރައިގެން އިންނަ ތަނެވެ.

މީރާ އާއި ޝާހިދުގެ ތަފާތަކީ ދާ ކޮންމެ ތާކަށް އެމީހުންގެ ދަރިފުޅު މިޝާ ގެންދެ އެވެ. ޝާހިދު ޖިމް ނިމޭ ގަޑިއަށް މީރާ އޭނާ ބަލާ ދާ ދުވަހަކު ދަނީ މިޝާ ގޮވައިގެންނެވެ. ދެމީހުން އެއްކޮށް ރެސްޓޯރަންޓަކަށް ކާންދިޔަޔަސް ދަނީ މިޝާ ގޮވައިގެންނެވެ. އަދި އެވަރަކުން ނުނިމެވެ. ޝާހިދު އިންސްޓަގްރާމްގައި މިޝާ އާއި އެކު ވަގުތު ހޭަކުރާ ފޮޓޯ ވަރަށް ގިނައިން ޕޯސްޓު ކުރެ އެވެ. އެދަމިފިރިން މިވަގުތު ތިބީ އެމެރިކާގައި މިޝާ ގޮވައިގެންނެވެ.

ޝާހިދު އާއި މީރާ މިއަމަލު ތަކުގެ ސަބަބުން ކަރީނާއަށް ތާއީދު ކުރާ މީހުން ބުނަނީ އެ ދެމީހުން އުޅެނީ ކަރީނާ އާއި ޖައްސާލައިގެން ކަރީނާއަށް ދެއްކެން ކަމަށެވެ. އެކަމަކު ކަރީނާއަށް ފާޑު ކިޔާ މީހުން ބުނާގޮތުގައި ކަރީނާ އުޅެނީ ޖިމްގައި އާއި ރައްޓެހިންނާއި އެކު ބޭރުގައެވެ. އަދި ކަރީނާ މަސައްކަތް ކުރަނީ ދަރިއަކު ލިބުނަސް ކެރިއަކު ނިމުނީ ނޫންކަން ދެއްކުމަށް ކަމަށް އެމީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް