މިދިޔަ މަހުގެ ކަރަންޓް ބިލްތައް ބޮޑުވުމުގެ ސަބަބުން ޝަކުވާ ގިނަވެފައި ވާތީ، ސްޓެލްކޯއިން ޝަކުވާ ހުށަހެޅުމަށް ޚާއްސަ ކައުންޓަރެއް ބަހައްޓައިފިއެވެ.
މި ކައުންޓަރު ސްޓެލްކޯގެ މައި އޮފީހުގައި ބެހެއްޓިފައި ހުރިއިރު، އެ ކައުންޓަރުގެ މައިގަނޑު ބޭނުމަކީ ކަރަންޓް ބިލްތަކާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހުރި ޝަކުވާތައް އޮޅުން ފިލުވައިދީ އެފަދަ ޝަކުވާތައް ބެލުމަށް ފަސޭހަ މަގެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިދިޔަ ދެ މަހެއްހާ ދުވަހު ކަރަންޓުގެ އަގު ބޮޑުވެފައި ވަނީ، މިދިޔަ ދުވަސްތަކަކީ ހޫނު ގަދަ ދުވަސްތަކަށް ވެފައި ރޯދަ މަސް އައުމުގެ ސަބަބުން ކަރަންޓުގެ ބޭނުން ކުރި މިންވަރު އިތުރު ވެފައިވާތީ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. އަދި އިތުރު މަސައްލައެއް ނޫޅޭނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް