މަންމަ މަރާލަން އުޅުނު ދަރިއަކު މެލޭސިޔާގައި ހައްޔަރުކޮށްފި

ފައިސާ ދޭން ބުނުމުން އެކަމަށް އިންކާރު ކުރި މަންމައަކަށް މަރުގެ އިންޒާރުދިން ދަރިއަކު މެލޭޝިޔާގައި ހައްޔަރުކޮށްފިއެވެ. މެލޭޝިޔާ ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އިއްޔެ ހައްޔަރުކޮށްފައިވަނީ ...

12 Jun 2019 | 06:58

ފައިސާ ދޭން ބުނުމުން އެކަމަށް އިންކާރު ކުރި މަންމައަކަށް މަރުގެ އިންޒާރުދިން ދަރިއަކު މެލޭޝިޔާގައި ހައްޔަރުކޮށްފިއެވެ.

މެލޭޝިޔާ ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތުގެ ރެކޯޑް އޮންނަ މީހެއް ކަމުގައި މެލޭޝިޔާ ފުލުހުން ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ މި ފިރިހެންމީހާ އިންޒާރުދިން އޭނާގެ މަންމަގެ އުމުރަކީ 71 އަހަރެވެ. މިއީ މިފަދަ އިންޒާރެއް އޭނާ ދިން ދެވަނަ ފަހަރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަރާލާނެ ކަމަށް ބުނެ މަންމަގެ ފަހަތުން އެމީހާ ދުއްވައިގަތެވެ. އަދި ސަލާމަތް ހޯދީ އަވަށްޓެރިންގެ ފަރާތުން ކަމަށާއި އަވަށްޓެރިންގެ އެހީތެރިކަމާއެކު ފުލުސް އޮފީހަށް ގޮސް މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މެލޭޝިޔާގައި މިފަދަ ހާދިސާއެއް އިއްޔެ ހިނގާފައިވާއިރު މި ދިވެހި މުޖްތަމައުގައިވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މަސްތުވާތަކެއްޗާއި ނޭއްގާނީ އާދަތަކުގެ ޝިކާރަކަށް ދަރިންވެ، ބަނޑުއަޅާ ވިހޭ މައިމީހާ މަރާ ހިސާބަށް މި މުޖްތަމައުގައިވެސް ކަންކަން ދެ އެވެ. މިއީ ހިތާމަވެރި ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް