ޖާންވީ ކަޕޫރުގެ ސްޕޮންޖްބޮބް ދަބަހަށް އެންމެންގެ ސަމާލުކަން

ޖާންވީ ކަޕޫރުގެ ސްޕޮންޖްބޮބް ދަބަސް ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ. މަޝްހޫރު ފެޝަން ޑިޒައިނަރ ޖެރެމީ ސްކޮޓްގެ މޮސްކީނޯ ކަލެކްޝަންގެ މި ބަކެޓް ދަބަހުގެ އަގަކީ، 65000 އިންޑިއަން ރުޕީސް އެވެ. ޖާ...

12 Jun 2019 | 06:30

ޖާންވީ ކަޕޫރުގެ ސްޕޮންޖްބޮބް ދަބަސް ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރ ޖެރެމީ ސްކޮޓްގެ މޮސްކީނޯ ކަލެކްޝަންގެ މި ބަކެޓް ދަބަހުގެ އަގަކީ، 65000 އިންޑިއަން ރުޕީސް އެވެ.

ޖާންވީ ކަޕޫރަކީ އަބަދުވެސް ތަފާތު ސްޓައިލްތަކުގައި ފެންނަ އެކްޓްރެސް އެވެ. ހާއްސަކޮށް ދަބަކީ ޖާވްނީ ކަޕޫރު ވަރަށް ލޯބިކުރާ އެއްޗެކެވެ. އަބަދުވެސް ޖާންވީ ކަޕޫރު ފެނިގެންދާނީ އަގުބޮޑުތި އަދި މަޝްހޫރު ބްރޭންޑްތަކުގެ ދަބަސްތައް ހިފައިގެން ހުއްޓައެވެ.

އުމުރުން 22 އަހަރުގެ މި އެކްޓްރެސް އަކީ ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ސްރީދޭވީ ގެ ދަރިފުޅެވެ. ޖާންވީ ކަޕޫރު ބޮލީވުޑުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ މިދިޔަ އަހަރު ނިކުތް ފިލްމް "ދަޑަކް" އިން ނެވެ. މި ފިލްމް ފިޔަވައި ޖާންވީގެ އިތުރު ފިލްމެއް އަދި ރިލީޒްއެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް