ތިމާވެއްޓާ ގުޅުންހުރި ފޮޓޯ މައުރަޒެއް ހުޅުވައިފި

"ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި" ގެ ނަމުގައި ނެޝެނަލް އަރޓް ގެލެރީގައި ފޮޓޯ މައުރަޒެއް ހުޅުވައިފިއެވެ. މި މައުރަޒު އިއްޔެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ. މި މައުރ...

12 Jun 2019 | 05:47

"ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި" ގެ ނަމުގައި ނެޝެނަލް އަރޓް ގެލެރީގައި ފޮޓޯ މައުރަޒެއް ހުޅުވައިފިއެވެ.

މި މައުރަޒު އިއްޔެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ. މި މައުރަޒަކީ މިނިސްޓްރީ އޮފް އެންވާރަމަންޓް އަދި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްނެންގެވުމުގެ ދަށުން މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓޭތޯ މަސައްކަތްކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ތަރިކައާއި ސަޤާފަތް ދިރުވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މައުރަޒުގައި ހުރި ފޮޓޯތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ފޮޓޯތަކަކީ ތިމާވެއްޓާމެދު ސަމާލުވުމަށް ދެވޭ އިންޒާރެއް ކަމުގައެވެ. ގޮތުން އެހާރާއި މިހާރަށް ބަލާއިރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ އެކަމަށް ދުރާލައި ފިޔަވަޅު އަޅައިގެން މެނުވީ ޙައްލުކުރެވޭނެ ކަންކަމަށް ނުވާނެކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިރޭ ހުޅުއްވައިދެއްވި މައުރަޒުން ފެންނަންހުރި ފޮޓޯތަކުން ދޭހަވާ މެސެޖުތައް ނުވަތަ އިންޒާރުތައް ބަލައިގަނެ އެދުވަހު އެއޮތް ޖަޒީރާ ރާއްޖެ އެގޮތުގައި ދެމެހެއްޓޭތޯ މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މި މައުރަޒު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް