ހއ. ހޯރަފުށީ ގެއަކުން ލޮއި ބަސްތާއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމުގައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 10:17 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން މިތަކެތި އެރަށުގައި ދިރިއުޅޭ ބިދޭސީ އަކަށް ވިއްކާލާފައި ވަނިކޮށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާ އަކީ ރަށުގައި ހިންގާ މިދަފަ ގިނަ ކުށްތަކަށް އަރައިގަންނަ މީހެއް ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލޮއަކީ ވިރިކެކޭ މަޢުދަނެކެވެ. މިއީ ރަތްކުލައަކަށްދާ ކުލައެއްގައި ހުންނަ އެއްޗެކެވެ. ހޫނު ހިފެހެއްޓުމާއި ކަރަންޓާއި ބެހޭ ކަންކަމުގައި މި މަޢުދަން ޢާންމުކޮށް ބޭނުންކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް