ވަޅިއަކުން ބިރުދައްކައި ބިދޭސީއެއްގެ އަތުން ފޭރުނު މީހަކު ފުލުހެއްގެ މަސައްކަތުން އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.
މިކަން ހިނގާފައިވަނީ މިއަދު ހެނދުނު 07:57 ހާއިރުގައެވެ.
ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރިގަނެގެން ފިލަން އުޅުނު 26 އަހަރުގެ ފިރިހެނަކު އަތުލައިގަނެ ހައްޔުކުރީ އެވަގުތު އެމަގުން ދިޔަ ފުލުހަކަށް ފެނިގެން ފަހަތުން ގޮހެވެ.
ފޭރުނު ތަކެއްޗާއެކު އެމީހާ ހައްޔަރުކޮށްފައިވާއިރު ބިދޭސީ މީހާގެ އަތުން ފޭރިގެންފައިވަނީ ފޯނަކާއި 1000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް