މަތީ ތައުލީމު ލޯނަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު އަލުން ހުޅުވާލާފައިމިވަނީ ކުރިން ހުޅުވާލި ހު...

12 Jun 2019 | 04:06

ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު އަލުން ހުޅުވާލާފައިމިވަނީ ކުރިން ހުޅުވާލި ހުޅުވާލުމަށް ގާތްގަނޑަކަށް ހާހެއްހާ ދަރިވަރަކު ލޯނަށްއެދި ހުށަހެޅި ނަމަވެސް މަދު ބަޔަކަށް ލޯނު ހަމަޖެހުމުން އެކަމުގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

މިފަހަރު ލޯނަށް ހުޅުވާލި އިރު ލޯނުގައި ކިޔެވުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ދަރިވަރު ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމުގެ ފުރުސަތު އޮންނާނެ ކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވިދާޅުވެފައިވެއެވެ. ކުރިން ނަމަ ދެވެނީ ސަރުކާރުން ކަނޑައަޅާ ވަކި ގައުމުތަކަކަށް އެކަންޏެވެ.

ކުރިން ހުޅުވާލި ފުރުސަތުގައި 242 ޖާގައަށް 993 ދަރިވަރަކު ކުރިމަތިލިއެވެ. ނަމަވެސް ޝަރުތު ހަމަވެގެން އެ ފުރުސަތު ލިބުނީ 79 ދަރިވަރަކަށެވެ. މިފަހަރު ހުލުވާލާފައިވަނީ 163 ޖާގައަށެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މިފަހަރު ހުޅުވާލާއިރު މިފަހަރު ފުރުސަތު ހުޅުވާލިއިރު އެޕްލިކޭޝަން ޕޯޓަލަށް އިތުރު ފީޗާސްތަކެއް ވަނީ ލާފައެވެ. އެގޮތުން ކުރިން ފޯމު ހުށަހެޅި ދަރިވަރުންނަށް އެ ދަރިވަރުންގެ ޕްރޮފައިލް ބަދަލުކުރުމާއި ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.

[contentcards url="http://www.gazette.gov.mv/iulaan/view/104573" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް