އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހު މަގާމުން އިސްތިއު...

12 Jun 2018 | 14:53

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ. މިއަދާއި ހަމައަށްވެސް މަގާމު ހުސްކޮށް އޮތުމުން އެ މަގާމު އަދާކުރައްވަމުން ގެންދެވީ އަމީން އާންމުގެ ނައިބެވެ.

މަޖިލީހުން އާންމު ކުރި އިއުލާނުގައި ވާގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައި ވުމާއި މަޖިލީހަށް ގާނޫނީ ލަފާ ދެވޭ ފެންވަރުގެ މީހަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައި ވާންޖެހެ އެވެ.

އަމީން އާންމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 55،000ރ. ލިބޭނެ އެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އަމީން އާންމުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާ ދެއްވީ ކުއްލި ހާލަތު އިއުލާނުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަހަރު ތެރޭގައި އެންމެ ހަލަބޮލިވި ދުވަސްކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް