ވަރަށް ތަފާތު އޮފަރތަކާއި އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

ރަޝިޔާގައި ބޭއްވޭ ވޯލްޑް ކަޕް 2018، ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ލޯންޗްކޮށްފިއެވެ. "ފުޓުބޯޅަ އަކީ ދިވެހިންގެ ހި...

12 Jun 2018 | 08:27

ރަޝިޔާގައި ބޭއްވޭ ވޯލްޑް ކަޕް 2018، ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ލޯންޗްކޮށްފިއެވެ.

"ފުޓުބޯޅަ އަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ، މުޖުތަމައުގެ އެންމެން އެއްބައިވަންތަ ކޮށްދޭ ކުޅިވަރެއް. އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ރާއްޖެއަށް އެންމެ ފުރިހަމަގޮތުގައި ވޯލްޑް ކަޕްގެ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެން ނުހަނު އިސްކަމެއްދެން. އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ކަސްޓަމަރުން ކޮންމެ ތާކު ތިބެގެންވެސް  ވޯލްޑް ކަޕް ބަލާލަން ލިބި، މި މުބާރާތާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ފުޓުބޯޅައިގެ މި އީދަށް ރާއްޖޭގައި އޮތް ފޯރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ފީފާ ވޯލްޑް ކަޕް 2018 ރަޝިޔާ އަށް އުރީދޫއިން ދޭ އޮފަރ ތަކުގެ ތެރޭގައި ހިމެނެނީ:

ވޯލްޑް ކަޕް ލައިވް ސްޓްރީމިންގ:

ޕީއެސްއެމް ގެ ފީފާ ވޯލްޑް ކަޕް 2018 ރަޝިޔާ ގެ ޕްރެޒެންޓިންގ ޕާޓްނަރ ގެ ގޮތުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސްމާރޓްފޯނު މެދުވެރިކޮށް ވޯލްޑް ކަޕް ސްޓްރީމްކޮށްގެން ބެލުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޕެކޭޖެއް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. 195 ރުފިޔާ އަށް ލިބޭ މި ޕެކޭޖް މެދުވެރިކޮށް، އިތުރު އެއްވެސް ޗާޖަކާއި ނުލާ މުޅި ވޯލްޑް ކަޕް ބަލާލެވޭނެއެވެ. ވޯލްޑް ކަޕް ފެށޭ ދުވަސް ކަމަށްވާ 14 ޖޫން 2018 އިން ފެށިގެން މި ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

ފީފާ ވޯލްޑް ކަޕް ފެންޓަސީ:

ފީފާ ވޯލްޑް ކަޕް ފެންޓަސީގައި އުރީދޫ ލީގް ގައި ބައިވެރިވެގެން 1ވަނަ ހޯދާ ފަރާތަކަށް އައިފޯން x އެއް ލިބިގެންދާނެއެވެ. މި ލީގްގައި ބައިވެރިވުމަށް ބޭނުންކުރަން ޖެހޭ ކޯޑަކީ YOB4GGV3 އެވެ.

ސމޮޅުވާނީ ކާކު؟:

ޓްވިޓާގައި ކުރިއަށްގެންދާ މި މުބާރާތުގައި، ކޮންމެ މެޗަކުންވެސް މޮޅުވާ ޓީމު ދިމާކޮށްގެން، ނަސީބުވެރި ފަރާތަކަށް 5 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

ދެން ވާނީ ކިހިނެއް:

ޕީއެސްއެމް އާއި ގުޅިގެން ހިންގޭ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން، ވީޑިޔޯގައި ދެންވާ ގޮތް ދިމާކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ވޯލްޑް ކަޕް ދައްކާ ކެފޭތަކާއި އެކު ވެވޭ ޕާރޓްނަޝިޕްތައް

ފުޓުބޯޅައިގެ މި އީދުގެ ތަޖުރިބާ ވީހާވެސް ގިނަ ބަޔަކަށް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ވަނީ ކެފޭތަކާއި ރެސްޓޯރަންޓް ތަކާއި ޕާޓްނަރވެފައެވެ. ވޯލްޑް ކަޕް ވޯލް ޗާރޓް

އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުން ވޯލްޑް ކަޕްގެ މެޗުތަކުގެ މައުލޫމާތު ހިމެނޭ ވޯލް ޗާޓްތައް، މުބާރާތުގެ ތެރޭގައި ދޫކުރަމުން ދާނެއެވެ.

ފޭސްބުކް ޕްރޮފައިލް ފްރޭމް

ވޯލްޑް ކަޕާއި ގުޅުވައިގެން އުރީދޫއިން ވަނީ ފޭސްބުކްގައި ޕްރޮފައިލް ޕިކްޗަރ ފްރޭމްތަކެއް ލޯންޗްކޮށްފައެވެ. މި ފްރޭމްތައް މެދުވެރިކޮށް، ސަޕޯޓަރުން ޓީމްތަކަށް ދޭ ތަރުހީބު ވަރަށް ތަފާތުގޮތަކަށް ދައްކުވައިދޭނެއެވެ.

ވަރަށް ތަފާތު ކަންކަން ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫއިން މަސައްކަތް ކުރަމުން ގެންދާނެއެވެ. އުރީދޫ ވޯލްޑް ކަޕް ފޯރި އިން ގެނެސްދޭ އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv  މެދުވެރިކޮށް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް