ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓު ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ހަވާލުކޮށް ނިމިއްޖެ އެވެ. އެޑިއުކޭޝަން މިނ...

12 Jun 2018 | 08:23

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ހަވާލުކޮށް ނިމިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ 8،459 ޓީޗަރުންނަށް ޓެބްލެޓު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހައިސްޕީޑް އިންޓަނެޓާއެކު ހުރިހާ ސުކޫލަކަށްވެސް މިހާރު ވައިފައިގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.

ޓީޗަރުންނަށް ޓެބްލެޓް ހަވާލު ކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޓެބްލެޓް ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންނަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަށް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ އެވެ.

ދަރިވަރުންނަށް ޓެބްލެޓް ބަހަން ފެށުމަށް ނިންމާފައިވަނީ ދެވަނަ ޓާމު ފެށުމުންނެވެ. ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ މިއަހަރުގެ ދެވަނަ ޓާމުގައި ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭން ފަށާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް