ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފި އެވެ. ޖޭޕީން މި ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން މަނާ ކުރުމުންނެވެ. އެގޮތަށް އެންގީ އެ ޕާޓީގެ ދިދަ އާއި ލޯގޯ އިނ...

12 Jun 2018 | 07:58

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފި އެވެ.

ޖޭޕީން މި ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން މަނާ ކުރުމުންނެވެ. އެގޮތަށް އެންގީ އެ ޕާޓީގެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މީޑިއާގައި ވިދާޅުވީ އަލަށް ހުށަހެޅި ލޯގޯ އާއި ދިދަ އިއްޔެ އެ ކޮމިޝަނުން ފާސްކޮށްދީފައިވާ ކަމަށެވެ. އެކަމަކު ދިދަ އާއި ލޯގޯއަށް ގެނައި ބަދަލެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލު ކުރަން އެންގި މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައި އެވެ.

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު މަނާކޮށްފަ އެވެ. އެކަމަކު މިއަދު އަކްރަމް ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސްގެ ނިޔަލަށް މިހާރު ބޭނުން ކުރަމުން އަންނަ ލޯގޯ އާއި ދިދަ ބޭނުން ކުރެވޭނެ ކަމަށެވެ.

އެ ޕާޓީގެ ކޮންގްރެސް މިމަހުގެ ފަހުކޮޅު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް