ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބަހާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ. އަދި ގޮވާމުގެ ގޮތުގައި ލިބިފައިވާ އެއްޗެހި ބަހާނީ އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށެވެ.
ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ މާދަމާ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށް އަދި މެންދުރު 12:35 ން ހަވީރު 3:30 އަށް އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައެވެ.
ގޮވާމުގެ ބާވަތްތައް ބަހާނީ މާދަމާ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 12:45 އިން ހަވީރު 3:30 އަށް ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށް އަރަބިއްޔާ ސުކޫލު ހޯލުގައި ކަމަށް އިސްލާމިކް އެފެއާޒް އިންވަނީ ހާމަކޮށްފައެވެ.
މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މާދަމާ ބަހަން ފަށާއިރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ޖުމްލަ އަދަދެއް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
މިިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16229 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް