ލ. ގަމުގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި

ލ. ގަމުގައި ރޭ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމް ކޮށްލާފައިވާއިރު އެ މާރާމާރިއާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރޭ ލ.ގަން މަތިމަރަދޫގ...

12 Jun 2018 | 05:43

ލ. ގަމުގައި ރޭ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމް ކޮށްލާފައިވާއިރު އެ މާރާމާރިއާއި ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރޭ ލ.ގަން މަތިމަރަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށާއި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:15ގައި ކަމަށެވެ.

"މާރާމާރީގައި އަނިޔާވި މީހާއަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.އ އެމީހުން އުމުރަކީ 28 އަހަރު އަދި 29 އަހަރު ކަމުގައި ފުލުހުން ބުނެފައި ވެ އެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ޒަހަމް ކޮށްލާފައިވަނީ މަތިމަރަދުއަށް ނިސްބަތްވާ ޒުވާނެކެވެ. އަދި ހައްޔަރު ކޮށްފައިވަނީވެސް މަތިމަރަދުއަސް ނިސްބަތްވާ ދެ ޒުވާނުން ކަމަށް މައުލޫމާތު ލިބެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ރޭ، މަތިމަރަދޫގައި ޒުވާނަކަށް ހަމަލާ ދީފައިވަނީ އެ ޒުވާނާ އެ އަވަށުގެ ފުޓްސަލް ދަނޑުގައި ހުއްޓަ އެވެ. ދުވަހަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު އެ ޒުވާނާގެ ބުރަކަށީގައި ދެ ފަރާތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު މޫނުމައްޗަށްވެސް ހަމަލާ ދީފައި ވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ޒުވާނާއަށް ހަމަލާ ދިނީ ކަނޑިންނާއި ދަގަނޑު ހޮޅިބުރި ތަކަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް