މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު އިންތިޒާމު ކުރަނީ ބޮޑު ޓީމެއް!

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާލޭ ސްޓޭޑިއަމް ...

12 Jun 2018 | 03:30

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާލޭ ސްޓޭޑިއަމް ސަަރަހައްދު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން ވިލިމާލޭ ބޯޅަ ދަނޑުގައި އެވެ. އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ވަކި ސަރަހައްދުތަކެއް އެ ދުވަހު އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި އީދު ނަމާދު ކުރާ ވަގުތު ފަސްޓް އެއިޑްގެ ހިދުމަތްވެސް ލިބޭނެ އެވެ.

މިފަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކުރާއިރު ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ދީނީ ޖަމިއްޔާތަކުގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން މި ހަރަކާތް އިންތިޒާމު ކުރުމުގައި ބައިވެރިވެ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އިންތިޒާމު ކުރުމުގައި ބައިވެރިވަނީ، އެސްޓީއޯ، ވެމްކޯ، އޭޑީކޭ، އައިޖީއެމްއެޗު، ގާލް ގައިޑް އެސޯސިއޭޝަން، މޯލްޑިވްސް ކެޑޭޓް ކޯ، އެމްޑަބްލިއުއެސްސީ އެވެ. ސްކައުޓް އެސޯސިއޭޝަން، ޕޮލިސް، އެމްއެންޑީއެފްގެ އިތުރުން އެޕޯލޯ ހޯލްޑިންސް، ހެޕީ މާކެޓް، އައިލެންޑް ބެވަރޭޖާސް، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ، ސްޓެލްކޯ، އެމްޕީއެލް އަދި މިފްކޯވެސް މި ހަރަކާތް އިންތިޒާމު ކުރުމުގައި ބައިވެރިވެ އެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ކައުންސިލްތަކުން އިސް ނަގައިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު މިފަހަކަށް އައިސް ކޮންމެ އަހަރަކު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް