ކިމް ސިންގަޕޫރަށް ދިއައީ ޕޯޓެބަލް ފާހާނާއެއް ހިފައިގެން

ސިންގަޕޫރުގައި ބާއްވާ ޓްރަމްޕް ކިމް ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދިއައީ އަމިއްލަ ފާހާނާއެއް ހިފައިގެންނެވެ. އަމިއްލަ ފާހާނާއެއް ގެންދިޔުމުގެ ބޭނުމަކީ ކިމްގެ ބޮޑުކަމުދާ ތަކެތި ނަގައިގ...

12 Jun 2018 | 03:09

ސިންގަޕޫރުގައި ބާއްވާ ޓްރަމްޕް ކިމް ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދިއައީ އަމިއްލަ ފާހާނާއެއް ހިފައިގެންނެވެ.

އަމިއްލަ ފާހާނާއެއް ގެންދިޔުމުގެ ބޭނުމަކީ ކިމްގެ ބޮޑުކަމުދާ ތަކެތި ނަގައިގެން އޭގެ ތަހުލީލެއް ހެދުން ހުއްޓުވަން ކަމަށް މީޑިޔާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ކިމްގެ ގެ ސިއްރުތަށް ހޯދުމަށް ގިނަބަޔަކު ފޫކަނޑާލައިފައި ތިއްބައި، ކިމްގެ ބޮޑުކަމުދާ ތަކެތި އެފަދަ ބައެއްގެ އަތަށް ދޫކޮށްލާކަށް އުތުރު ކޮރެއާއިން ބޭނުމެއް ނުވާނެއެވެ. ކިމްގެ ބޮޑުކަމުދާ ތަކެތިން ކިމްގެ ސިއްހަތާއި ބެހޭ ގިނަ ހޯދުންތަކެއް ހޯދޭނެއެވެ.

މީގެ ކުރިން އުތުރު ކޮރެއާގެ މީޑިއާތަކުން ހަބަރު ފަތުރާފައިވާގޮތުގައި ކިމް ބޮޑުކަމުދާންވެސް އަދި ކުޑަކަމުދާންވެސް ނުޖެހެއެވެ. ކިނބިހި އެޅުމާއި، ފޮޑިޖެހުމާއި އަދި ހޮޑުލުންފަދަ ކަންކަން ކުރަންޖެހުމަށްވުރެ ކިމް އަކީ މާ ފުރިހަމަ އިންސާނެއްކަމަށް އުތުރު ކޮރެއާގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ.

ސިންގަޕޫރުގައި ބާއްވާ މި ސަމިޓުގައި އުތުރު ކޮރެއާއާއި އެމެރިކާއިން މަޝަވަރާ ކުރާނީ ދެގައުމުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. މިސަމިޓުގައި ބައިވެރިވުމަށް މިހާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް