ޕަބްޖީގެ ފޯރި ވަރަށް ގަދަ!

ޒަމާނަށް އަންނަ ތަރައްގީއާއެކު ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިދަނީ ކުރިއަރަމުންނެވެ. އާ އެއްޗެހިތަކެއް އުފައްދާ އާ އީޖާދުތަކެއް އުފައްދަމުންނެވެ. ގޭމާއި މެޝިން ތަކެވެ. މޯބައިލް ފޯނުތަކާއި އެކި އެކި ދުއ...

12 Jun 2018 | 03:02

ޒަމާނަށް އަންނަ ތަރައްގީއާއެކު ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިދަނީ ކުރިއަރަމުންނެވެ. އާ އެއްޗެހިތަކެއް އުފައްދާ އާ އީޖާދުތަކެއް އުފައްދަމުންނެވެ. ގޭމާއި މެޝިން ތަކެވެ. މޯބައިލް ފޯނުތަކާއި އެކި އެކި ދުއްވާ އެއްޗިއްސެވެ. ހަމަ އެހެންމެ ވީޑިއޯ ގޭމަކީވެސް އަބަދުވެސް ގިނަބަޔަކު ކުޅޭ އެއްޗެކެވެ.

ކްލޭޝް އޮފް ކްލޭންސް އާއި އެއިޓް ބޯލް ޕޫލްގެ ޒަމާން މާޒީއާއި އެކުވެ ހިނގައްޖެއެވެ. ޖިން ރަމީ ޕްލަސްގެ ޒަމާންވެސް ނިމިއްޖެއެވެ. އަނެއްކާވެސް މިއޮތީ އެހެން ގޭމެއްގެ ވާހަކައެވެ. މިފަހަރު މިއީ ޕަބްޖީ އެވެ.

ޕްލޭޔާ އަންނޯންސް ބެޓަލްގްރައުންޑް ނުވަތަ ޕަބްޖީއަކީ ވަރަށް ތަފާތު ގޭމެކެވެ. އެހެން "ކޮމްބެޓް" ގޭމުތަކާއި މި ގޭމު ތަފާތުވާ ސަބަބުތައް ބައިވަރެވެ. މި ގޭމު ފޭސްބުކާއި ކަނެކްޓުކޮށްލުމާއެކު ފޭސްބުކް އެކުވެރިންނާއެކު މި ގޭމުން ޓީމު ހަދައި، ކުޅެވެއެވެ. އަދި ޓީމުތެރޭގައި އެކަކު އަނެކަކާއި "ވޮއިސް ޗެޓް" މެދުވެރިކޮށް ވާހަކަދައްކާލެވެއެވެ. ނަތީޖާއެއްގެ ގޮތުން ޓީމު އެންމެން އެކީގައި ގޭމުކުޅުމަށް ފަސޭހަވެއެވެ.

ހަގީގީ ހަނގުރާމައްޗާއި ދާދި އެއްގޮތަކަށް ފަރުމާކޮށްފައިވާ މިގޭމަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ގޭމެކެވެ. އަންހެނެއް ފިރިހެނެއް، ރޭގަނޑެއް ދުވާލެއް ނުބަލާ ކުޅެމުން އަންނަ ގޭމެކެވެ.

ޕަބްޖީ އަކީ 2017 ވަނަ އަހަރު ޕަބްޖީ ކޯޕަރޭޝަން އިން ނެރުނު ގޭމެކެވެ. އެންމެ ފުރަތަމަ ނެރުނީ ޕަބްޖީގެ "ވިންޑޯސް" ވާޝަން އެވެ.  އޭގެފަހުން ޕަބްޖީގެ އެކްސްބޮކްސް އަދި އެންޑްރޮއިޑް ގޭމް ތަޢާރަފުކުރީ މިއަހަރުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް