ނޭމާގެ ޅަދުވަސްވަރު ބްރެޒިލްގައި އުޅުނު ގޭއާ އެއްވެސް ތަފާތެއް ނެތް ގޮތަށް ހަދާފައިވާ ގެއެއް ފެނިފައި ނޭމާއަށް ރޮވިއްޖެއެވެ.
މިގެ ނޭމާއަށް ދައްކާލައިފައި ވަނީ ބްރެޒިލްގެ ޓީވީ ޝޯއެއްގެވެ. އެގެ ފެނުމުން ނޭމާއަށް ވަނީ ވަގުތުން ރޮވިފައެވެ. އެވަގުތު ނޭމާގެ މަންމަ ނަޑީން ވަނީ ނޭމާއަށް އެހީތެރި ވެދީފައެވެ. ނޭމާގެ މަންމަ ބުނެފައިވާ ގޮތުގައި ނެމާ އޭނާގެ ގާތުގައި އެއީ ކީއްވެގެން ކުރި ކަމެއްތޯ އެހިކަމުގައެވެ. އަދި އެސުވާލަށް ޖަވާބު ދޭން ނޭނގުނު ކަމުގައިވެސް ނޭމާގެ މަންމަ ވަނީ ބުނެފައެވެ.
ނޭމާ ވަނީ އެގޭގައި ބަހައްޓާފައި ހުރި ކުޑައިރު ގެންގުޅު ތަކެތި ބަލާލުމަށް އަސަރުގަދަ ވަގުތު ކޮޅެއް ހޭދަކޮށްލާފައެވެ. އެއަށްފަހު އޭނަގެ ލޯބިވެރިޔާ ބްރޫނާ މާރކިޒީނީ އަދި ކޮއްކޮ ރަފައެއްލާ އަށް އެގެ ދައްކާލާފައެވެ.
ރޮވުނު ނަމަވެސް އެ ޓީވީ ޝޯގެ ޕްރެޒެންޓަރ ލޯސިއާނޯ ޗަކްއަށާއި އެކަމުގައި ބައިވެރިވި ޓީމަށް ނޭމާ ވަނީ ޝުކުރު އަދާކޮށްފައެވެ. ޝުކުރު އަދާކުރަމުން ނޭމާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މިއީ އޭނައަށް ކޮށްދީފައިވާ އެންމެ އާދަޔާ ހިލާފު އެއް ކަންތަށްކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް