ލ ގަމުގައި މާރާމާރީއެއް ހިނގައި އެކަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ 01:00 ހާއިރު ހިންގި މި މާރާމާރީގައި ޒަހަމްވެފައިވަނީ ލ ގަމު މަތިމަރަދޫ އަވަށަށް ނިސްބަތްވާ ޒުވާނެކެވެ.
އެ ޒުވާނާއަށް ހަމަލާ ދީފައިވަނީ ފުޓްސަލް ދަނޑުގެ ތެރޭގައި ފުޓްބޯޅަ ކުޅެން އުޅެނިކޮށް މޫނު ނިވާކޮށްގެން ތިބި ތިން މީހުންގެ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ހަމަލާ ދިނުމަށް އެމީހުން ބޭނުންކުރީ ކަނޑިއާއި ދަނގަޑު ހޮޅިބުރިއެއް ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ޒަހަމް ވި މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މާރާމާރީ ހިންގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ.
މި މާރާމާރީ އަކީ ކުރިން ހިންގާފައިވާ މާރާމާރީއަކާއި ގުޅިގެން ހިނގި ސިލްސިލާ މާރާމާރީއެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ދުވަހަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު ޒަހަމްވެފައިވާ ޒުވާނާގެ ބުރަކަށީގެ ދެ ފަރާތަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވެ އެވެ. އަދި މޫނުމަތިވެސް ޒަހަމް ކޮށްލާފައި ވެ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް