އަންހެނުން މިސްކިތައް ދިއުން މަނަލެއް ނޫން، ނަމަވެސް ބޮޑަށް ރަނގަޅީ ގޭގައި ކުރުން: ޑރ. އިޔާޒް

އަންހެނުން މިސްކިތައް ދިއުން މަނާ ނޫން ކަމަށާއި ނަމަވެސް ބޮޑަށް ރަނގަޅީ ގޭގައި ނަމާދު ކުރުން ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިހެނ...

12 May 2019 | 18:07

އަންހެނުން މިސްކިތައް ދިއުން މަނާ ނޫން ކަމަށާއި ނަމަވެސް ބޮޑަށް ރަނގަޅީ ގޭގައި ނަމާދު ކުރުން ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްމާކިން ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލުގައި އަހާފައިވަނީ އަންހެނުން ތަރާވީހް ނަމާދާއި ދަމު ނަމާދަށް މިސްކިތައް ދިއުމަކީ ކޮން ކަހަލަ ކަމެއްތޯ؟ އެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ "އަންހެނުން މިސްކިތައް ދިއުން މަނާ ނޫން" ކަމަށެވެ. އަދި ދާން އުޅޭނަމަ "މަނާ ކުރުމެއްވެސް ނެތް" ކަމަށެވެ. ނަމަވެސް "ގޭގައި ކުރުން ބޮޑަށް ރަނގަޅު" ކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ރަމަޟާން މަހު ތަރާވީހް އާއި ދަމު ނަމާދު ކުރުމަށް ގިނަ އަދަދެއްގެ އަންހެނުން މިސްކިތައް ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް