މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާ ހަ ކުންފުނި އިއުލާން ކޮއްފިއެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއަށާއި، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕް އަށާއި، މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލް އަލް އަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.
އެގޮތުން ހައްޖު ގްރޫޕްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ގެންދިއުމަށް އެންމެ ގިނަ ކޯޓާ ދޫކޮއްފައިވަނީ ހައްޖު ކޯޕަރޭޝަންއަށެވެ. އެއީ 550 ކޯޓާއެވެ. އަދި ހައްޖަށް ގެންދިއުމަށް ނަގަނީ 69965 ރުފިޔާއެވެ.
ހައްޖު ކޯޕަރޭޝަން ފިޔަވައި ދެން ހުރި ހުރިހާ ކުންފުންޏަކަށް ހައްޖު ކޯޓާގެ ގޮތުގައި ދޫކޮއްފައިވަނީ 90 ކޯޓާއެވެ.
މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ލިބިފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ މަދުން ފައިސާ ނަގަން ނިންމާފައިވަނީ އެކްރޯ ޕްރައިވެޓް ލިމިޓެޑްއިންއެވެ. އެ ކުންފުނިން ކޮންމެ ހައްޖާޖީއެއްގެ އަތުން ނަގަން ނިންމާފައިވަނީ 59965 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް