ދިރާގު ޕޭ މެދުވެރިކޮށް މާލޭގެ މާރުކޭޓުގެ ގޮޅިތަކުން ވިޔަފާރި ކުރެވޭނެ ގޮތް އެ ކުންފުނިން ތައާރަފް ކޮއްފިއެވެ.
ލޯކަލް މާރުކޭޓް ސަރަހައްދުން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ، ދިރާގުގެ އެސިސްޓެންޓް މެނޭޖާ، އެޑްވަޓައިޒިން އެންޑް އިވެންޓްސް ހަސަން ޝާރިހް ވިދާޅުވީ ލޯކަލް މާރުކޭޓުން ވިޔަފާރި ކުރާއިރު މޯބައިލް ފޯނުން މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ.
މީގެއިތުރުން ރޯދަ މަހު ލޯކަލް މާރުކޭޓް ގޮޅިތަކުގެ އިތުރުން އަމީނީ މަގުގައި ހުންނަ ދިރާގު ޕޭ އެކްޓިވޭޓެޑް ގޮޅިތަކުން 150ރ. އަށް ނުވަތަ 150ރ ވުރެ މަދު ނޫން އަދަދަކުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރުމުން ކަރާ ކިލޯއެއް ހިލޭ ލިބޭނެ ކަމަށެވެ.
ދިރާގު ޕޭ އަކީ ދިރާގުން 2017 ވަނަ އަހަރު ތައާރަފް ކޮއްފައިވާ ކޭޝްލެސް ވިޔަފާރީގެ މުއާމަލާތްތައް ހިންގޭ ޑިޖިޓަލް ވޮލެޓްއެކެވެ. ދިރާގު ނެޓްވޯކް ނޫން އެހެން ނެޓްވޯކްތަށް ބޭނުންކުރާ ފަރާތްތަކަށްވެސް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ފަސޭހަކަމާއެކު ފޮނުވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް