ބަސް ތަކުގައި ކެމެރާ ހަރުކުރަން ނިންމައިފި

އެމްޓީސީސީގެ ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމައިފި އެވެ. ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވަނީ އެ ބަސްތައް ދުއްވާ ވަގުތު ބަސް ޑްރައިވަރުންގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ ގޮތުން ކަމަށް އެމް...

12 May 2019 | 08:32

އެމްޓީސީސީގެ ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމައިފި އެވެ.

ބަސްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވަނީ އެ ބަސްތައް ދުއްވާ ވަގުތު ބަސް ޑްރައިވަރުންގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ ގޮތުން ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވިއެވެ.

އަދި މިހާރު އެކަމަށް ބޭނުންވާ އެސެސްމެންޓްތައް ހަދައި އައިޓީ ސެކްޝަނާއެކު ވާހަކަ ދައްކަމުން ދާ ކަމަށާއި އަވަސް މުސްތަގްބަލެއްގައި އެކަން ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ޝާހު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި އެމްޓީސީސީއާއި ގުޅިގެން އެކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރި ކަމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.

އަދި ބަސް ޑްރައިވަރުންގެ ޕޮލިސް ރެކޯޑްތަކާއި އެމީހުންގެ ޑްރައިވިން ލައިސެންސްވެސް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، އޭގެ އިތުރުން ޑްރައިވަރުން އެމީހުން ވަޒީފާ އަދާކުރުމަށް ފަހު ވަގުތު ހޭދަ ކުރަނީ ކިހިނެއްތޯ ބަލަމުން ދާ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ބައެއް ޑްރައިވަރުން ޕާޓް ޓައިމް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކޮއްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް