މާލޭގައި ޓްރެފިކް ލުއި ކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ޓެކްސީ ސްޓޮޕްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ބުނެފައިވަނީ ޓްރެފިކްއަށް ބާރުބޮޑުވާ ސަބަބުތަކުގެ ތެރޭގައި ޓްެކްސީ ގަވާއިދާ ހިލާފަށް އެކި ތަންތަނުގައި މަޑުކުރުން ހިމެނޭ ކަމަށެވެ.
އެގޮތުން ޓެކްސީތައް ހުއްޓުވުމަށް މީހުން އަތް ނެގުމުން ކަފިހި ހުރަހަށްވެސް ބެލުމެއް ނެތި މަޑު ކުރާ ކަމަށާއި، ޕްރައިވެޓް ކާރުތައް ގަވާއިދާ ހިލާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހަދާ ޓެކްސީ ސްޓޮޕްތަކުގައި އަމިއްލަ ކާރުތަކަށް ވެސް މަޑުކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކުރިއާ ހިލާފަށް މިފަހަރު ޓެކްސީ ސްޓޮޕްތައް ބަލަހައްޓާނެ މީހުން ތިބޭނެ ކަމަށާއި، ވަރަށް އަވަހަށް މި މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް