ފާކިން ގަވާއިދާ ހިލާފް ވެގެން މިދިޔަ ހަފްތާ 776 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، މާލެ ސަރަހައްދުން 56 އެކްސިޑެންޓް ހިނގާފައި ވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ކޮންމެ ހަފްތާއަކު އާންމު ކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެކްސިޑެންޓް ތަކުން އަނިޔާ ވީ ޖުމްލަ 11 މީހުންނެވެ.
މިދިޔަ ހަފްތާ ފުލުހުން ވަނީ ލައިސަންސް ނެތި ދުއްވި 99 މީހަކު ހިފެހެއްޓުމުގެ އިތުރުން، ލައިސަންސް ކާޑު ނެތް 57 މީހަކު ހިފަހައްޓާފައެވެ. މިދިޔަ ހަފްތާ ޖުމްލަ 417 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، އުޅަނދު ދުއްވަން ޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވައިގެން 14 މީހަކު ހިފަހައްޓާފައި ވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި، ހަތަރު ފުރޮޅު ލީ 13 އުނޅަދަކާއި 23 ސައިކަލެއް ޓޯ ކުރެވިފައިވެއެވެ.
18 އަހަރު ނުފުރޭ 14 ކުއްޖަކު ވެސް ހިފަހައްޓާފައިވެއެވެ.
https://twitter.com/PoliceMv/status/1127432893582565384
މި ފަހަކަށް އައިސް އެކްސިޑެންޓްތައް ވަރަށް ގިނަ ވެއްޖެއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް ދުއްވާ އަދި ޕާކްކުރާ އުޅަނދުތައް ވެސް ވަރަށް ގިނައެވެ. ގިނަ މީހުން ބުނަނީ ގަވާއިދާ ހިލާފަށް ޕާކްކުރަނީ، ޕާކް ކުރާނެ ޖާގަ ނެތީމައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް