މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން، އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްޓީސީން އިސްނަގައިގެން ފެށި މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރި ކުރުމަށް މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ދާނީ 3 ދުވަހުއެވެ. މި ޕްރޮގްރާމުގައި ޖުމްލަ 60 ބަސް ޑްރައިވަރުން ބައިވެރިވެފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެމްޓީސީސީގެ ދެ ބަހެއް ވަނީ އެކްސިޑެންޓް ވެފައެވެ. ފުރަތަމަ އެކްސިޑެންޓްގައި ވަނީ މީހަކު މަރުވެފައެވެ. ދެ އެކްސިޑެންޓް ވެސް ހިނގައިފައި ވަނީ ބަސް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށްވެސް ފާހަގަކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް