ބޭނުންވާނެ ތަކެތި
1 ޕެކެޓް ޕެންނެ ޕާސްތާ
2 މޭޒުމަތީ ސަމުސާގެ ބަޓަރު ނުވަތަ މާޖެރިން
2 ފިއް ލޮނުމެދު ( މުގުރާލާފަ)
2 މޭޒުމަތީ ސަމުސާ ފުށް
4/3 ޖޯޑު ފެން
4/3 ޖޯޑު ކިރު
3/1 ޖޯޑު ޕާމެސަން ޗީޒް ގާނާފަހުރި ( ފެކެޓްގައި ހުންނަ ޕައުޑަރވެސް ބޭނުން ކުރެވިދާނެ)
ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް
ހައްދަވާނެ ގޮތް
ޕެންނެ ޕާސްތާ ޕެކެޓުގައިވާ އިރުޝާދާ އެއް ގޮތައް ކައްކަވާލައްވާ. ބަޓަރު ކޮޅު ތަވައެއްގައި ހޫނު ކޮށްލެއްވުމަށް ފަހު ލޮނުމެދު ކޮޅު އަޅުއްވާ ކައްކަވާލައްވާ. ލޮނުމެދު ކޮޅު ލައިޓް ބުރައުން ކުލަ އަރަންދެން ކައްކަވާލަން ވާނެ. އެއަށްފަހު ފުށް ކޮޅު އަޅުއްވާ. ފުށްކޮޅާ ލޮނުމެދު ކޮޅު އެއްކޮށް ލުމަށްފަހު ފެން އަދި ކިރު އަޅުއްވާ. ސޯސްކޮޅު ރަނގަޅަށް ކެކެން ފެށުމުން ކައްކާފަ ހުރި ފެންނެ ޕާސްތާ އަޅުއްވާ. ރަނގަޅަށް އެއްކޮއްލުމަށްފަހު ޕާމެސަން ޗީޒް އަޅުއްވާ އެއްކޮއްލައްވާ. ނިންމާލަމުން ލޮނު އަދި މުގުރި އަސޭމިރުސް ކޮޅެއް އަޅުއްވާ ރަހަ ހެޔޮވަރު ކޮށްލައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް