ދުވަހުގެ ރެސްޓޯރެންޓް: ޕިކްލްސް ރެސްޓޯރެންޓް- އާޓިކަލް ޝެއާ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވިއްލުމެއް ލިބުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ޕިކްލްސް ރެސްޓޯރެންޓެވެ. މާލެ ގްރޭންޑްގެ ގްރައުންޑް ފްލޯގައި ހުންނަ މި ރެސްޓޯރެންޓަކީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓްގެ އި...

12 May 2019 | 04:42

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ޕިކްލްސް ރެސްޓޯރެންޓެވެ. މާލެ ގްރޭންޑްގެ ގްރައުންޑް ފްލޯގައި ހުންނަ މި ރެސްޓޯރެންޓަކީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓްގެ އިފްތަރް މެނޫތަކަށް ބަލައިލާއިރު، ޖުމްލަ 4 މެނޫއެއް އެކުލަވާލައިފައި ވެއެވެ. ކޮންމެ މެނޫއެއްވެސް ލިބެނީ 199 ރުފިޔާއަށެވެ. އެގޮތުން ހަފްތާގެ ކޮންމެ ދެ ދުވަހަކަށް ހާއްސަ މެނޫ އެއް ވާއިރު، ހޮނިހިރު ދުވަހަށް ތަފާތު ހާއްސަ މެނޫއެއް ވެއެވެ. މީގެ އިތުރުން، މި ރެސްޓޯރެންޓްގައި ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 15 ޕަސެންޓް ޑިސްކައުންޓްވެސް ލިބޭނެއެވެ.

ޕިކްލްސް ރެސްޓޯރެންޓަށް ރޯދަ ވިއްލަން ދާ ކޮންމެ 10 މީހަކަށް އިތުރު އެކަކުގެ ކެއުން ހިލޭ ލިބޭނެއެވެ. އަދި ފަސް އަހަރުން ދަށުގެ ކޮންމެ ކުޑަ ކުއްޖަކަށް ހިލޭ ކެއުން ލިބޭނެއެވެ.

މި ރެސްޓޯރެންޓްގެ ބުފޭ، ރެސްޓޯރެންޓްގެ އިތުރުން ޝީ ބިލްޑިންގް ގެ އަސަރީ މާލަމުގައި ވެސް ބެހެއްޓިފައި ހުންނާނެއެވެ.

މިހާ ހިސާބުން ޕިކްލްސް ރެސްޓޯރެންޓްގެ މެނޫތައް ހިއްސާކޮށްލާނަމެވެ.

މީގެ އިރުތުން މި ރެސްޓޯރެންޓްގައި ހާރު ދަމަށްވެސް ހާއްސަ މެނޫއެއް ވެއެވެ. މި ރެސްޓޯރެންޓްގެ ހާރު މެނޫ ވެސް ހިއްސާކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް