އައިޖީއެމްޗު ނަރުހުންގެ ޔުނީފޯމު ބަދަލުކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްޗު ނަރުހުންގެ ޔުނީފޯމު ބަދަލުކޮށްފި އެވެ. ޔުނީފޯމު ބަދަލުކޮށްފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން ނެވެ. މިހާރު ބޭނު...

12 May 2018 | 07:43

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްޗު ނަރުހުންގެ ޔުނީފޯމު ބަދަލުކޮށްފި އެވެ.

ޔުނީފޯމު ބަދަލުކޮށްފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން ނެވެ. މިހާރު ބޭނުން ކުރާ ޔުނީފޯމަކީ ވިލު ނޫކުލައަކަށްދާ ޔުނީފޯމެކެވެ. އެ ޔުނީފޯމުގައި ހުދު ކުލަ އާއި ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވެ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޔުނީފޯމަށް ގެނެވުނު ބަދަލާއި އެކު މިއަދުން ފެށިގެން މުވައްޒަފުން ޔުނީފޯމު ލާނީވެސް ހޮސްޕިޓަލުގައި އެކަނިކަމަށެވެ. ގެއިން ހޮސްޕިޓަލަށް ނަރުހުން ދެން ދާނީ އާދައިގެ ހެދުމުގައި އެވެ. ޔުނީފޯމު ލާނީ ހޮސްޕިޓަލަށް ގޮހެވެ.

އޭނާ ވިދާޅުވީ މި ބަދަލު ގެނައިނީ ނަރުހުންނަކީ ބަލިމީހުންނަށް ހިދުމަތްދޭން ތިބޭ ބަޔަކަށް ވާތީ ސާފުތާހިރު ކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

މިއީ މި ފަހުން އައިޖީއެމްއެޗު އުފެދުނު ފަހުން ނަރުހުންގެ ޔުނީފޯމު ބަދަލު ކުރި ތިން ވަނަ ފަހަރެވެ. އެންމެ ކުރިން ފެށިގެން ބޭނުން ކުރަމުން އައި ހުދު ކުލައިގެ ޔުނިފޯމު ނޫކުލައިގެ ޔުނީފޯމަކަށް ބަދަލު ކުރީ ފަރަށް ފަހުންނެވެ. އޭގެ ފަހުން ނަރުހުންގެ ޔުނީފޯމު މި ބަދަލު ކުރީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް