އައްޑޫގެ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންނަށް ވޯކްޝޮޕެއް ބާއްވައިފި

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން އޮން ސާވިސް ޕްރޮވިޝަންސް ފޯ ދަ އެލްޑަލީ އެންޑް ވިކްޓިމްސް އޮފް އެބިޔު...

12 May 2018 | 07:17

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން އޮން ސާވިސް ޕްރޮވިޝަންސް ފޯ ދަ އެލްޑަލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް"  ގެ ނަމުގައި ތަންރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ފަސް ދުވަހުގެ މުއްދަތަށް އެ ސިޓީގައި ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމްގައި 14 ފަރާތަކުން ބައިވެރިވި ކަމަށެވެ. މި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔަތުގައި ބައިވެރިންނަށް ސެޓްފިކެޓު ދެއްވީ ޖެންޑާ މިނިސްޓަރުގެ ނައިބު ލީޝާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް، ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މި މަސައްކަތުގައި ހާއްސަކޮށް ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައްޔާއި، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުންނެވެ. އަދި ދާއިރާއާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާ ލިބޭ ފަރާތްތަކާއި ބަލި މީހުންނަށް އަޅައިލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.

މި ޕްރޮފްރާމަކީ ޑަބްލިއުއެޗްއޯ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ މި ތަމްރީން ހިންގާ ތިން ވަނަ ބުރެވެ. ފުރަތަމަ ދެ ބުރުގައި ފަސް އަތޮޅަކުން ޖުމްލަ 57 ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިން ތަމްރީން ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް