މިލިއަނަރެއްކަމަށް ބުނެ ސެޓުކުރަން އުޅުނު އަންހެން ކުއްޖާގެ ޝިކާރައަކަށްވެ އިންޑިޔާގެ ފިރިހެނަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވި 27 އަހަރުގެ ދުޝްޔާތު ޝަރްމާ، ލޯބިވެރިން ހޯދާ ޕްލެޓްފޯމްއެއްކަމުގައިވާ ޓިންޑާއިން 27 އަހަރުގެ ޕްރިޔާ ސެތު އާއިއެކު ތިން މަސްވަންދެން ގުޅުން ބާއްވާފައިވަނީ އޭނައަކީ މިލިއަނަރެއްކަމުގައި ބުނެއެވެ. ޕްރިޔާ، ޝަރްމާއާއި ގުޅުން ބާއްވާފައިވަނީ ހަމައެކަނި އޭނަގެ މުއްސަނދިކަމުގެ ދަހިވެތިކަމުގަން އިންޑިޔާގެ ޖޮތުވަރަ ގެ ފުލުހުން ވަނީ ބުނެފައެވެ.
ޝަރްމާ ލޯބިވެރިޔާކަމުގައި ދެކެގެން އުޅުނު ސެތުއަކީ ހަގީގަތުގައި ރޭޕާއި ބްލެކްމެއިލް ކުރުމުގެ ބޮޑު ގޭންގެއްގެ އިސްވެރިއެކެވެ. ސެތު، ޝަރްމާ މަރާލައިފައިވަނީވެސް ބްލެކްމެއިލްގެ މައްސަލެއްގެ ބަންދުން ކަފާލާތުގެ ދަށުން ދޫކޮށްލިތާ 10 ގަޑިއިރުގެ ތެރޭގައެވެ. ޝަރްމާ މަރާލާފައިވަނީ އޭނާ ރަހީނުކޮށްގެން އޭނަގެ ބައްޕަ އަތުން ތިން ލައްކަ ރުޕީސް ވެސް ހޯދުމަށް ފަހުގައެވެ.
ޝަރްމާގެ ހަށިގަނޑު ފެނިފައިވަނީ މަރާލުމަށްފަހު ފޮއްޓަކަށްލައި ޖައިޕުރް – ދެއްލީ ހައިވޭގެ އެއްފަރާތައް އެއްލާލައިފި ވަނިކޮށް މިމަހުގެ ތިންވަނަ ދުވަހުގައެވެ. ޝަރްމާގެ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތި ކުރެވޭ 20 އަހަރުގެ މޮޑެލް އަކާއި އިތުރު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް