މިހާރަކަށް އައިސް ކެންސަރު ބައްޔަކީ މުޅި ދުނިޔެއެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމު ބައްޔެވެ. ރާއްޖެއިން މާ ގިނަ ފަރުވާތަކެއް ލިބެން ނެތް މި ބައްޔަށް އާންމު ސަމާލުކަން ދޭން ޖެހޭވަރު މިވަނީ އިތުރުވެފަ އެވެ.
އެގޮތުން ތިރީގައި އެވަނީ ކެންސަރު ބައްޔަށް މަގުފަހިކޮށް ދޭ ކާއެއްޗެހީގެ ތެރެއިން އާންމުކޮށް ދިވެހިން ކައި އުޅޭ ބައެއް އެއްޗިއްސެވެ.
އެއްފަހަރު ބޭނުންކޮށްފައި ހުންނަ ކައްކާ ތެލުގައި ކާއެއްޗެހި ހަދައިގެން ކެއުމަކީ ކެންސަރަށް މަހުފަހި ވާކަމެކެވެ. ހާއްސަކޮށް މިހާރު ބޭނުން ކުރާ ތައްޔާރީ ކާނާއަކީ އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތެލުން ތައްޔާރު ކުރާ އެއްޗިއްސެވެ. ފުރަތަމަ ފަހަރު ތެލުން ކާއެއްޗެހި ތައްޔާރު ކުރާއިރު އެއީ ތަރުކާލީ ތެލަށް ވިޔަސް އިތުރަށް ބޭނުން ކުރާނަމަ އެ ބަދަލު ވެގެންދަނީ ސަރުބީއަށެވެ. ސަރުބީއަކީ ތަފާތު ވައްތަރުގެ ކެންސަރު ޖެހުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.
ޑައިޓު ކުރާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ލުއި ބުއިންތަކަކީވެސް ކެންސަރަށް މަގުވަފިވާ އެއްޗެކެވެ. ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ދުއްވާލުމަށް ޑައިޑް ކުރިޔަށް ލާފައި ހުންނަ ބުއިންތައް ބުއިމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެ ފަދަ ބުއިންތަކުގައި އާދައިގެ ބުއިންތަކުގައި ހަކުރު ހުންނަ މިންވަރަށް ވުރެ ބާރުގަދަ މިންވަރަކަށް ހަކުރު ހުންނާނެ އެވެ. އޭގެ ސަބަބުން ސިނކުޑިއަށް ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.
ހަކުރަކީ އާންމު ދިރިއުޅުމުގައި ވަރަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެކަމަކު ހަކުރު މާ ގިނައިން ބޭނުން ކުރާ ނަމަ ކެންސަރު ޖެހުމަށް މަގުފަހި ވެފަ ހުންނަ ސެލްތަކަށް ދިރުން ލިބެ އެވެ.
ދަޅުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެހި ނުބައި ނުވެ ގިނަ ދުވަހު ބެހެއްޓުމަށް ކެމިކަލެއް ބޭނުން ކުރެ އެވެ. އެ ކެމިކަލަކީ މާބޮޑު ގެއްލުމެއް އިންސާނުންނަށް ނުވާއެއްޗެއް ކަމަށް ދަޅުގައި ކާއެއްޗެހި ބަންދު ކުރާ ތަންތަނުން ބުނެ އެވެ. އެކަމަކު އެއީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކެމިކަލެކެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލު ބާބަކިއު ހެދުމަކީވެސް ވިސްނަންވީ ކަމެކެވެ. ބާބަކިއު ހަދާއިރު ފިހާ މަހާއި އަލުވި ފަދަ އެއްޗެހީގައި އަނދާފަ ހުންނަ ބައި ކާއިރު ސަމާލުކަން ދޭށެވެ. މީގެ އިތުރުން ގެރީގައި ކިރު އުފެދޭ މިންވަރު އިތުރު ކުރުމަށް ގެރިއަށް ދޭ ބޭހެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެހެންވެ ބައެއް ގައުމުތަކުގައި އެފަދަ ކުންފުނިތަކުން އުފައްދާ ކިރު ބޭނުން ކުރުން މަނާކޮށްފައިވެ އެވެ.
މީގެ އިތުރުން ފުށާއި، ޕޮޓޭޓޯ ޗިޕްސް އަދި ދިވެހިންގެ ތެރޭގައި އަށަގަންނަމުން ދާ އާދައެއް ކަމަށްވާ ރާ ބުއިމަކީވެސް ކެންސަރަށް މަގުފަހިވާ އެއްޗިއްސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް