މިދިޔަ މަހު 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު

މިދިޔ މަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ. މީރާއިން އާންމު ކުރި ތަފާސް ހިސާޞު ދައްކާގޮތުން މި އަދަދަކީ މިދ...

12 May 2018 | 02:01

މިދިޔ މަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މީރާއިން އާންމު ކުރި ތަފާސް ހިސާޞު ދައްކާގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.8 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި އަދަދަށްވުރެ 1.6 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން 724 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 47 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ލިބުނު އާމްދަނީގެ 64 ޕަސެންޓޫ ޖީއެސްޓީގެ ގޮތުގައި ލިބުނު އިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެހެނިހެން ފީގެ ގޮތުގައި ލިބުނު ފައިސާއިންނެވެ. އެއީ 12 ޕަސެންޓެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އާއި އެކު ޖުމްލަ 6.1 ބިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް