އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ހިޒްބުﷲ ހަތިޔާރު ބެހެއްޓުން މަޝްވަރާތަކުގެ ޝަރުތެއް ކަމަށް ކަނޑައަޅައި، ލުބުނާނާ ދެކޮޅަށް އިތުރު އެސްކެލޭޝަނެއް ގެންނާނެ ކަމުގެ އިންޒާރު ދީފިއެވެ.
ރެކޯޑް ކޮށްފައިވާ ތަޤުރީރެއްގައި ނަތަންޔާހޫ ބުނީ "އިސްރާއީލުން ދެއްކި ބާރުގެ ނަތީޖާއެއްގެ ގޮތުން" ލުބުނާނުން ސީދާ މަޝްވަރާގެ ޗެނަލްތައް ހުޅުވަން އެދުނު ކަމަށެވެ. ނަތަންޔާހޫ ބުނީ ދެ ޝަރުތެއްގެ މައްޗަށް މަޝްވަރާތަކަށް އެއްބަސްވެފައިވާ ކަމަށާއި، އެއީ ހިޒްބުﷲގެ ހަތިޔާރު ރޫޅާލުމާއި ދެމެހެއްޓެނިވި ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުން ކަމަށެވެ. ހަނގުރާމަ "އަދި ނުނިމޭ" ކަމަށާއި "ބޮޑެތި ކާމިޔާބީތައް" ހާސިލްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ލުބުނާނުގެ ރައީސް އޮފީހުން ހުކުރު ދުވަހުގެ ރޭ ބުނީ ލުބުނާނާއި އިސްރާއީލުން ފުރަތަމަ ބައްދަލުވުން ވޮޝިންގްޓަނުގައި އަންގާރަ ދުވަހު ބާއްވަން އެއްބަސްވެފައިވާ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތަކާ ގުޅޭ ގޮތުން އަންނަ ހަފުތާގައި ބައްދަލުވުމެއް ބާއްވާނެ ކަން ކަށަވަރުކޮށްދީފައެވެ.
އިސްތިއުމާރީ އިސްރާއީލުން ބުދަ ދުވަހު ލުބުނާނަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. މާރިޗު 2 ވަނަ ދުވަހުން ފެށިގެން ލުބުނާނަށް ދެމުންދާ ފުޅާ ދާއިރާގެ ހަމަލާތަކުގައި މިހާތަނަށް 2،020 މީހުން މަރުވެ 6،436 މީހުން ޒަޚަމްވެފައިވާ ކަމަށް ޓީއާރްޓީ ވޯލްޑުން ރިޕޯޓްކޮށްފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް