ވައިރަހަށް ޝައްކު ކުރެވޭ ކޮއްދިއްޕަރު ރިސޯޓުގެ މުވައްޒަފަކަށް ޓްރީ ޓޮޕްގައި ފަރުވާ ދެނީ

ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ. އެމީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަ...

12 Apr 2020 | 17:10

ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

އެމީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ގޯސްވާތީ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާލު ގޯސްވިޔަސް އެމީހާގެ ފުރަތަމަ ޓެސްޓު ކޯވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެކަމަކު އޭނާ ގައިން ޝައްކު ކުރެވޭ އަލާމާތްތައް ފެންނަމުންދާތީ އާންމު އުސޫލަކުން ފަރުވާ ދޭން ފަށާނީ ދެ ވަނަ ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ކޭސް އާއި ގުޅިގެން އެމީހާ އާއި ގުޅުން ހުރި މީހުން އެ ރިސޯޓުން ވަނީ އައިސޮލޭޓްކޮށްފައި އެވެ. ޖުމްލަ އައިސޮލޭޝަންގައި ތިބެން އެންގި މީހުންގެ އަދަދު ހާމައެއް ނުކުރެ އެވެ.

އެމީހާ ގައިން ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާތީ ޓެސްޓުކޮށް ދެ ވަނަ ނަތީޖާ ލިބެންދެން ކޮއްދިއްޕަރު ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް