ޤަތަރު އެއާވޭސްގެ ޙާއްސަ ދަތުރެއް ރާއްޖެއަށް

ޤަތަރު އެއާވޭސްގެ ހާއްސަ ދަތުރެއް މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ކުރުމަށް ނިންމައިފިއެވެ. ޤަތަރު އެއާވޭސުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދަތުރުތަކާއެކު ރާއްޖެއާއި އިންގިރޭސިވިލާތުގެ ލަންޑަން، ...

12 Apr 2020 | 05:41

ޤަތަރު އެއާވޭސްގެ ހާއްސަ ދަތުރެއް މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ކުރުމަށް ނިންމައިފިއެވެ.

ޤަތަރު އެއާވޭސުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދަތުރުތަކާއެކު ރާއްޖެއާއި އިންގިރޭސިވިލާތުގެ ލަންޑަން، ފަރަންސޭސިވިލާތުގެ ޕެރިސް އަދި ޖަރުމަންވިލާތުގެ ފްރެންކްފާޓަށް ރާއްޖެއިން ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނެކަމަށެވެ.

މިދަނޑިވަޅުގައި ދަތުރުފަތުރުގެ ދަތިކަން ކުރިމަތިވެފައިވާއިރު، އަނބުރާ ޤައުމަށް ނުދެވި ގިނަ ބަޔަކު އެކި ޤައުމުތަކުގައި ތިބިއިރު، އެ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ 27 ރިޒޯޓެއްގައި މިހާރު ތިބީ ހާހެއްހާ ފަތުރުވެރިންކަމަށާއި އެމީހުން ތިބީ ކޯވިޑް-19އާ ގުޅިގެން އެނބުރި ޤައުމަށް ނުދެވިފައި ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް