ގެސްޓް ހައުސްއެއްގައި ރޭ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގާ ހައްޔަރު ކުރި ދެ ފިރިހެނުން ކުރެ އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭ ދެމީހަކު ހައްޔަރުކުރީ ހަތަރު މީހަކުވެގެން އަންހެނަކު ރޭޕު ކުރަން އުޅުނުކަން ފުލުހުންނަށް އެނގިގެންނެވެ. އެ ތަނުން ދެމީހަކު ފިލާފައިވާއިރު ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ގެސްޓް ހައުސްގެ ތެރެއިންނެވެ. ދެވަނަ މީހާ ހައްޔަރު ކުރީ މަގުމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހުން ތިބި ކޮޓަރިން ބަނގުރާ ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ. މީގެ ތެރެއިން 32 އަހަރުގެ މީހާ މިއަދު ކޯޓުން ދޫކޮށްލާފައިވަނީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. އޭނާ ދޫކޮށްލި ނަމަވެސް މައްސަލައިގާ ހިމެނޭ 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ 32 އަހަރުގެ މީހާ ދޫކޮށްލި އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް