ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ

އދ މާމިގިލީގައި މިއަދު ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:35 ހާއިރު ކަމަށެވ...

12 Apr 2019 | 16:04

އދ މާމިގިލީގައި މިއަދު ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:35 ހާއިރު ކަމަށެވެ.

"ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ޕިކަޕަކީ ރަށުގައި މަދިރި ކޮންޓްރޯލު ކުރުމަށް ބޭސް ޖެހުމަށް ޑީސަލް އާއި ޕެޓްރޯލް އަޅާފައި ހުރި ވެހިކަލެއް ކަމަށެވެ. އަދި އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވަނީ އަލިފާން ނިއްވާލި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް