ނޭޕާލުގައި ޕަބްޖީ މަނާކޮށްފި

ރާއްޖޭގައިވެސް ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމެއް ކަމަށްވާ، ޕްލޭޔަރއަންނޯންސް ބެޓަލްގަރައުންޑްސް (ޕަބްޖީ) ކުޅުން، ނޭޕާލުގައި މަނާކޮށްފިއެވެ. އިއްޔެއިން ފެށިގެން ނޭޕާލުގައި މި ގޭމު މަނާކޮށްފައިވަނީ މި ...

12 Apr 2019 | 08:58

ރާއްޖޭގައިވެސް ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމެއް ކަމަށްވާ، ޕްލޭޔަރއަންނޯންސް ބެޓަލްގަރައުންޑްސް (ޕަބްޖީ) ކުޅުން، ނޭޕާލުގައި މަނާކޮށްފިއެވެ.

އިއްޔެއިން ފެށިގެން ނޭޕާލުގައި މި ގޭމު މަނާކޮށްފައިވަނީ މި ގޭމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާކަމަށް ބުނެއެވެ.

މި ގޭމު މަނާކުރުމަށްފަހު ނޭޕާލުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީން ބުނެފައިވަނީ މި ގޭމު މަނާކުރީ މި ގޭމަކީ ކުޑަކުދިންނާއި ޒުވާނުން ދެވި ހިފާ، އަދި ނުރަނގަޅު އެތައް ކަމެއް މުޖްތަމައަށް ގެންނަ ގޭމަކަށް ވުމުން ކަމަށެވެ.

މި ގޭމު ނޭޕާލުގައި މަނާކުރުމާއެކު އިންޓަނެޓް ހިދުމަތްދޭ ނޭޕާލު ކުންފުނިތަކާއި އެގައުމުގައި މޯބައިލް ނެޓްވޯކްގެ ހިދުމަތްދޭ ކުންފުނިތަކުންވެސް މިހާރު ވަނީމި ގޭމު ބްލޮކް ކޮށްފައެވެ.

ނޭޕާލިގައި ޕަބްޖީ މަނާކޮށް ބްލޮކް ކޮށްފައިވާއިރު އަވަށްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައިވެސް މި ގޭމު ވަނީ މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް