ވިލިނގިލި ޕޮލިސް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް – ދުމުގެ އަސަރު ކުރި ތިން ފުލުހަކަށް ފަރުވާ ދިން

ގއ ވިލިނގިލީގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭ 11:35 ހާއިރު މި އަލިފާނުގެ ހާދިސާ ހިނގީ އެ ސްޓޭޝަނުގައި ހުރި ...

12 Apr 2019 | 07:39

ގއ ވިލިނގިލީގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭ 11:35 ހާއިރު މި އަލިފާނުގެ ހާދިސާ ހިނގީ އެ ސްޓޭޝަނުގައި ހުރި ޑީބޯޑެއްގައި ރޯވެގެން ކަމަށެވެ.

"އަލިފާން ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައި" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ތިން ފުލުހަކަށް ގއ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް